Friday, October 8, 2010

ބްލޮގް ގެ މަޤުޞަދު

މިބުލޮގްގެ ބޭނުމަކީ ދީނީ މަޢުލޫމާތުފެތުރުމެވެ. އަދި އިސްލާމްދީނަށް ދިވެހިންގެ ހިތްތަކުގައި ލޯބިޖެއްސުމަށް މަސައްކަތްކުރުމެވެ. މިގޮތުން މިބްލޮގްގައި އިސްލާމްދީނާއި ގުޅޭ ތަފާތުލިޔުންތައް ޝާއިޢު ކުރުމަށް މަސައްކަތްކުރުމަކީ މިބްލޮގްގެ މައިގަނޑު މަޤުޞަދެވެ. އަޅުންކުރާނީ މަސައްކަތެވެ. ތައުފީޤް ދެއްވާނީ މާތްﷲ އެވެ

ހަމައެހެންމެ ސިޔާސީ ، އިޖުތިމާޢީ އަދި އިޤުތިޞާދީ މައްސަލަތަކަށް އަލިއަޅުވާލައިގެން ލިޔެވޭލިޔުންތައްވެސް މިބްލޮގްގައި ހުށައަޅައިދިނުމަށް ޤަޞްދުކުރެވިފައިވެއެވެ. 

ރާއްޖޭގައި މިހާރު އެންމެ ފަރިތަކަމާއެކު ވާހަކަދެކެވޭ އަދި ލިޔެވޭ ހުރިހާ މައުޟޫޢުތައްވެސް މިބްލޮގުން ފެނުމަކީ ވަރަށްމުހިއްމު އަދި
ބޭނުންތެރިކަމެއްކަމުގައި ދެކެމެވެ