ޔާއިލާހީ އަޅަމެނަށް އަދު ދައްކަވާންދޭ ތެދުމަގަށް މަގު
ދާއިމީ ނަޞްރަށް އަދައިދެއް ވުން އެދޭ މީކަންކަމޭ އަޅު
އަސްލަކީ އިސްލާމްދީނުގެ މާތްވި
ޤުރުއާނާޙަދީޘްކަން
ދަސްވެއެކަމާމެދުޔަޤީންކޮށްފަސްނުޖެހި އެމަގުން ދެވޭވަރު
ބިދުޢަޔާއި ޚުރާފަތާއެކު އަނދިރިޖާހިލުކަމުތެރޭގައި
މިދުނިޔޭގައިގެއްލިނުމެގޮސް ހެޔޮމަގަށް ވާޞިލުވެވޭވަރު
ފަތިހުފަތިހާ ހާގޮވާހިނދު ތަންމަތިން
ހަށިގަނޑުމަފޭކޮށް
މަތިވެރިވިރައްބުލްޢުލާއަށްސަޖިދައަށް ތިރިވުމުގެ ހިތްވަރު
އިސްޖަމާޢަތްފަސްނަމާދުގެ ލަސްނުވާހެން ވަގުތުޖެހުމުން
މިސްކިތަށް ޙާޟިރުވެގަޑިއަށް ބިސްމިޔާއެކުގައި ފެށޭވަރު
ދުނިޔެދައްކާދަޅަތަކަށްފަރި ކުޅިވަރާމަޖަލުގެތެރޭގައި
ކަނިވެހުޅުކޮޅުއަނދިރިއާއެކުގެއްލިނުމެގޮސް މުޅިފުރާވަރު
ވެރިކަމާ ބާރާއި މުދަލާ ހޯދުމަށްއުޅުމުގެ
ބަދަލުގައި
މެރިދެލޯދިއުމުގެކުރިން ހަމަ ޙައްޤުމަގުގައި ފައިއެޅޭވަރު
މަސްތުވާ ރާޔާ ޖުވާފަދަ ކަސްތޮޅެއްގައިބަނދެވިގެންގޮސް
އަސްލު
އޮޅުވާލާ ޙަޤީޤީ ފަސްވެބުއްދި މަގޭ ނުދާވަރު
ހެޔޮކަމެއްކަމުގައިނުވާފަދަ ކަންކަމަށް
އެއްބާރުލާފާ
ހެޔޮމަގުންނުދެވޭނެނަމަ
ހުންނަންއެދެން ފޭގާވެގެންދުރު
ކޮންމެގަޑިއެއްކޮންމެމިނިޓެއް
އޮތްރަނގަޅުގޮތުގައިބަލައިގަނެ
ކޮންމެދުވަހެއްހޭދަކޮށް
ތައް ޔާރުވުން އައުމުގެކުރިންމަރު